English Edition
Dhivehi Edition

އިއްޔެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެ ކުންފުނިން އެ ރަށުގައި ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް ވެމްކޯއިން ބުނެފިއެވެ

ވެމްކޯގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސް ފާތުމަތު ޝަމްވީލާ “މިހާރު” އަށް ވިދާޅުވީ ކުނި ކޮށީގައި ރޯވީ، ރިސައިކަލް ކުރަން އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ހިފައިގެން ކަމަށް ބެލެވޭކަމަށެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ރިޕޯޓެއް އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން ހަދަމުން އަން ކަމަށް ފާތުމަތު ޝަމްވީލާ ވިދާޅުވިއެވެ. މީގެ އިތުރުން ޝަމްވީލާ ވިދާޅުވީ ވެމްކޯ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށާއި ވަރަށް ގިނަ މެޝިނަރީޒް ތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައިކަމަށެވެ

މީގެ އިތުރުން ޝަމްވީލާ ވިދާޅުވީ ކުނިމެނޭޖް ކުރާ ސައިޓަށް ގެއްލުން ލިބުނުނަމަވެސް، އާންމުންނަށް ދޭ ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށާއި ކުރިއެކޭ އެއްފަދައިން ކުނި ކަލެކްޓްކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ

އިއްޔެ މެންދުރުފަހު 2:45 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ވެމްކޯގެ އޮފީސް އިމާރަތް ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ