English Edition
Dhivehi Edition

ދ.އަތޮޅު ވާނީގައި ކުރިޔަށް ދިޔަ ފުލުހުންގެ ބޭސިކް ޓްރެއިނިންގ ގެ ތެރެއިން ބަލިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު ނިޔާވި ސަބަބު ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މި ހިތްދަތި ދަނޑިވަޅުގައި، ފުލުސް މީހާ ނިޔާވީ ކީއްވެކަން އެނގޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައްލަވާފައި، ހުރިހާ އެސައިންމެންޓެއް ހެއްދެވުމަށްފަހުކަމުން ސީދާ ނިޔާވާން ދިމާވި ސަބަބު އަދި ކަށަވަރު ނުކުރެވޭ ކަމަށް މިނިސްޓަރ އަޒްލީން ވަނީ ވިދާޅުވެފައެވެ

ވިފާޤުއަކީ ދެ އަހަރެއްހައި ދުވަހު ޓްރެއިނިންގ ނުހަދައިވިޔަސް ޕޮލިސް ސްޕެޝަލް ކޮންސްޓެބްލްގެ ވަޒީފާ އަދާކޮށްފައިވާ ފުލުހެއް ކަމަށާއި، ޓްރެއިނިންގ ގައި ހުއްޓައި ބަލިވެ އުޅޭކަމުގެ މަޢުލޫމާތު ލިބުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ވިފާޤު ދުނިޔެ ދޫކުރަން ޖެހުނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ

މިނިސްޓަރ އަޒްލީން ވިދާޅުވީ، ވިފާޤު ބަލިވި ޚަބަރު ޕޮލިސް ކޮމިޝަނަރ މިއަދުގެ ވަގުތެއްގައި ޙިއްސާކުރެއްވި ކަމަށާއި، އެއާއިއެކު އޭނާ ގެނެވޭތޯ މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ހުރިހައި ވަސީލަތްތައް ބޭނުންކޮށްގެންވެސް ވިފާޤު ގެނެވޭގޮތް ނުވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިފާޤުގެ ހަށީގަނޑު އައިޖީއެމްއެޗްއަށް ގެނައުމާއިއެކު މިނިސްޓަރ އަޒްލީން ވަނީ އެ ހޮސްޕިޓަލަށް ވަޑައިގެން ވިފާޤުގެ އާއިލާގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވައި އެފަރާތްތަކަށް ހިއްވަރުދެއްވާފައެވެ. އަދި ފުލުހުންގެ ފަރާތުން ވިފާޤުގެ އާއިލާއަށް ދެވެންއޮތް ހުރިހައި އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ އާއިލާއަށް ދެއްވާފައެވެ.

ވިފާޤުގެ ހަށިގަނޑު މިރޭ އައިޖީއެމްއެޗްއަށް ގެނައި ވަގުތު އެ ހޮސްޕިޓަލަށް ވަޑައިގެން ވިފާޤު ނިޔާވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމުގައި ޑޮކްޓަރުންގެ ބަސް ލިބެން 3 ނުވަތަ 4 ގަޑިއިރު ވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު އަޒްލީން އޮންލައިން ނޫސް “ވަގުތު” އަށް މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.