English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ފަޔަރ އެންޑް ރެސްކިއު ސްޓޭޝަނެއް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށް އެތަނުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހުޅުދޫ މީދޫ އެމްއާރްޑީސީ ސައިޓް ކައިރީ އަޅަން ހަމަޖެހިފައިވާ މި އިމާރާތަކީ އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 16 ފެބްރުއަރީ 2017 ވަނަ ދުވަހު އަމީން ކޮންސްޓްރަކްޝަނާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑިވެންސް މިނިސްޓަރ އާދަމަ ޝަރީފު އުމަރު ވިދާޅުވީ ކަޑައެޅިފައިވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށްދާނަމަ 2018 ޖެނަވަރީ މަހަށް ސްޓޭޝަން ހަދާ ނިންމާލެވޭނެ ކަމަށެވެ. އަދި މި ސްޓޭޝަން ހެދުމުގެ ސަބަބުން ފަޔަރ ފައިޓިންގް އަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށާ އެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 8.5 މިލިއަން ރުފިޔާގެ މި މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރީ އޮފް ޑިފެންސްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ.އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަބްދުﷲ މުހައްމަދެވެ.      

ޓެގު