English Edition
Dhivehi Edition

މާލޭގެ ގޯޅިއެއްގައި ނިދާފައި އޮތް އަންހެން މީހާ އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީސް މީޑިއާގައި މިއަދު ދައުރުވަމުން ދިޔަ ފޮޓޯއަކުން ފެންނަ ގޮތުގައި އަންހެން މީހާ ނިދާފައި އޮތީ ހަނި ގޯޅިއެއްގެ ތެރޭގައި ކުނަލެއް އަޅައިގެންނެވެ.

ދައުރުވަމުން ދިޔަ އެފޮޓޯ މީސް މީޑިއާ ގައި ވަރަށް ގިނަ މީހުން ޝެއާ ކޮށްފައި ވާއިރު ފޮޮޓޯގެ ތިރީގައި ލިޔެފައިވަނީ މިއީ ވަރަށްވެސް ހިތާމަވެރި މަންޒަރެއްކަމަށެވެ. އަދި “ނުވަމަސް ދިހަ ވަންދެން ބަނޑު އަޅާ ވިހެއުމަށްފަހު ބަލާ ބޮޑު ކުރީމަ މިއީތޯ މަންމައަކަށް ބަދަލުގައި ދޭންވާ އަގަކީ؟ “، ދައުރުވަމުން ދިޔަ އެ ފޮޓޯގެ ތިރީގައި ސުވާލު ކޮށްފައި ވެއެވެ.

މިރޭ ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ގޯޅިއެއްގައި ނިދާފައި އޮތް ކަމަށް ބުނާ އުމުރުން ދުވަސްވީ އަންހެނަކު ފުލުހުންގެ އެހީތެރިކަމާއި އެކު ވަނީ އާއިލާ އާއި ހަވާލުކޮށްފައި ކަމަށެވެ.

ނަމަވެސް މި އަންހެން މީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ.