English Edition
Dhivehi Edition

އާސަންދަ ކުންފުނިން ދެމުންގެންދާ “ހުސްނުވާ އާސަންދަ” އަށް މީހުން އަހުލުވެރި ކުރުމަށް ބާއްވާ ދެވަނަ މަހާސިންތާ “އަހުލު 2” ގެ ނަމުގައި ގދ. ތިނަދޫގައި ފަށައިފިއެވެ. މިއީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، އެންމެހާ ދިވެހިން އެއަށް އަހުލުވެރި ކުރުމަށް ބާއްވާ މަހާސިންތާއެކެވެ. ދެވަނަ މަހާސިންތާ ކުރިއަށްދަނީ ތިނަދޫގައި ހުންނަ ގައުމީ ޔުނިވަރސިޓީ ކެމްޕަހުގެ މާލަމުގައެވެ. މި މަހާސިންތާ ކުރިއަށްދާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މިހާސިންތާގައި އާސަންދަ ކޮމްޕެނީއާއި، އެންސްޕާއާއި، އެމްއެންޑީއެފާއި، އެސްޓީއޯ ފާރމަސީތަކާއި، އައިލެންޑް އޭވިއޭޝަނާއި، ޑރ. ޢަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ހެލްތު ސެންތަރުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލު އަދި ސްކޫލުތަކާއި އެންޖީއޯތަކުންނާއި، ކްލަބު ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ.