English Edition
Dhivehi Edition

ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ތ. ގާދިއްފުށި، ޖަވާހިރުމާގޭ ޡަމީނާ އިބްރާހީމް (24އ) އެވެ.

ޡަމީނާ އިބްރާހީމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791394 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ގެ އޮފިޝަލް ވެބްސައިޓްގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި އެދިފައިވެއެވެ.

އެ އިއުލާނުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އާންމު ރައްޔިތުންނަށް ފުލުހުން ޝުކުރު ދަންނަވާފައިއެވެ.