English Edition
Dhivehi Edition

މާލޭގައި ވިޔަފާރިވެރިއެއްގެ އަތުން މިލިޔަނަކަށްވުރެ ގިނަ ފައިސާ ފޭރިގެންފި ކަމަށް އެވިޔަފާރިވެރިޔާ ބުނެފިއެވެ.

މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ ޢަބްދުﷲ ޖަލީލު(ކޭން ސޭޓް) ގެ އަތުން އެހާގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ އޭނާގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހުގައި މަރުތޭލަކުން އޭނާގެ ބޮލުގައި ޖަހާ ބޯ ފަޅާލުމަށްފަހު ކަމަށް އޭނާ ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ ވިޔަފާރި ނިންމުމަށްފަހު އިރުއޮއްސި 19:30 ހާއިރު އޭނާ ދިރިއުޅޭ ގޭ ކަމަށްވާ ގ.ވެހި އަށް މީހަކާއެކު ސައިކަލަކުން ގޮސް ސައިކަލުން ފައިބާ ގެއަށް ވަދެ ސިޑިން މައްޗަށް އަރަނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ. ކާކު ކަން ނޭނގޭ މީހަކު އައިސް އޭނާ އަށް އަނިޔާކޮށް ފައިސާ ފޭރިގެން ދުއްވައިގަތުމުން އޭނާގެ ފަހަތުން ދުވެފައި ދިޔަ ކަމަށާއި އެކަމަކު އަތުވާ ގޮތެއް ނުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލަ ބަޔަކު ފުލުހަށް ރިޕޯޓް ކުރި ކަމަށާއީ ފަރުވާ ހޯދާފައިވަނީ ފުލުހުންގެ އެހީތެރިކަމާއިއެކު ގައި ކަމަށް އޭނާ ބުންޏެވެ.

ޖަލީލްގެ އަތުން ފޭރުނު ފައިސާގެ ސީދާ އަދަދު ކަށަވަރު ނުވި ކަމުގައި ވިޔަސް ފޭރިގެންފައިވަނީ 26،000 ޑޮލަރު ހިމެނޭ ގޮތަށް 9 ލައްކަ އާއި 11 ލައްކަ އާއި ދެމެދުގެ އަދަދެއް ކަމަށް މީޑިއާއަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.