English Edition
Dhivehi Edition

މަޝްހޫރު ކޯމޭޑިއަން ސިއްދާތް ސާގަރު، އޭނާގެ މަންމަގެ ހަޔާތަށް އައި ސުޔޭޝް ނަމަކަށް ކިޔާ މީހެއްގެ ސަބަބުން ގިނަ އުދަގޫތަކާއި ވޭންތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމުގައި ބުނެފިއެވެ

2017 ވަނަ އަހަރު ނޮވެމްބަރު މަހު ފެށިގެން ސިއްދާތުގެ އެއްވެސް ހަބަރެއް ވެފައިނުވާއިރު، މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ، ފާއިތްވެ ދިޔަ އެއް އަހަރު އޭނާއަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ވާހަކަ މީޑިއާ އާއި ހިއްސާކޮށްފައެވެ

“މީގެ 20 އަހަރު ކުރިން އަހަރެންގެ މައިންބަފައިން ވަނީ ވަކިވެފަ. އަހަރެމެންގެ އޮތީ ވަރަށް ހީނަރުވެފައިވާ ގުޅުމެއް.” ސިއްދާތު ބުނެފައިވެއެވެ.” އަހަރެންގެ ބައްޕަ އުޅެމުން ދަނީ ދިއްލީގައި. އަހަރެން އުޅެނީ އަހަރެންގެ މަންމައާއި އެކު. އޭރު އަހަރެމެން ދެމީހުންގެ ގުޅުން ވަރަށް ރަގަޅު. އަހަރެންގެ އެންމެ ގާތް އަދި އިތުބަރު ކުރާ ފަރާތަކީ އަހަރެންގެ މަންމަ” ސިއްދާތު ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާގެ މަންމަގެ ދިރިއުޅުމަށް ސުޔޭޝް އައި ފަހުން ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށާއި އާއިލީ ވާހަކަތައް މީޑިއާއަށް ހާމަކުރަން ބޭނުން ނުވިކަމުގައި ވިޔަސް އެހެން ގޮތެއް ނެތްކަމަށް ސިއްދާތު ބުނެފައިވެއެވެ

މީގެ އިތުރުން ސިއްދާތުވަނީ އޭނާ ހަޔާތުގައި ދިމާވި އެންމެ ހިތްދަތިވި ކަންތައްތަކުގެ ވާހަކަވެސް މީޑިއާގައި ހިއްސާކޮށްފައެވެ. “އަހަރެންނަށް ބައިޕޯލާ ޖެހިފައިވާކަމަށް ބުނެ އަހަރެންގެ ކާއެއްޗެއްސައް ބޭސް އަޅާފަ އަހަންނަށް ކާންދެމުންދިޔަ. އެންމެ ފަހުން ވަރުބަލިވެ ބަރުދަން އިތުރުވެ ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް އަހަންނަށް އެގުނީ އަހަރެންގެ ނުވެސް ނެތް ބައްޔަކަށް ބޭސް ކުރަމުންދާކަން. “ސިއްދާތް ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އެއް އިރެއްގައިވެސް އޭނާއަކީ ފައިސާ އާއި ހެދި މާބޮޑަށް އުޅޭ މީހެއް ނޫނަކަމަށެވެ. އެހެންނަމަވެސް މި ހުރިހާ ކަންތައްތައް ނިމި ހަމައަކަށް އެޅުނު އިރު އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމުންނާއި އޭނާގެ މަންމަގެ އިހްސާސްތަކާއި ސުޔޭޝް ކުޅެމުންދާކަން އެގުމުން އޭނާ އަށް ގުޅާ އިންޒަރުދިން ކަމުގައެވެ

ދިރިއުޅުމުގައި ދިމާވި ގިނަ ހިތި ތަޖުރިބާއާއި އެކު ދިރިއުޅެމުންދިޔަ ގެ ދޫކުރުމަށް ފަހު ވަކިން ދިރިއުޅެން ފެށި ނަމަވެސް އެއީ ހެދުނު ގޯހެއް ކަމުގައި ދެކި ސިދާތްވަނީ އޭނަގެ މަންމަކައިރިއަށް އަބުރާ ގޮސްފައެވެ. އެ ދުވަސް ވަރު އޭނާއަށް ފަރުވާ ހޯދުމަށް ރިހެބް ސެންޓަރަށް ފޮނުވި ނަމަވެސް އެތަނުގެ މުއައްޒަފުން އޭނާ އަނިޔާކޮށްފައިވާ ކަމަށާއި އަބުރާ ގެއަށް ދިއުމުން ސުޔޭޝްގެ ފަރާތުން އެތައް ގޯނާތަކެއް ކުރިމަތިވި ކަމުގައި ސިއްދާތު ބުންޏެވެ. މީގެ އިތުރުން އެނާއަކީ މޮޔައަކު ކަމުގައި ހަދާ މޮޔައިންގެ މަރުކަޒަށް ފޮނުވާފައިވާ ކަމަށާއި އޭނާއަށް އެތަނުގައި ލިބެމުން ދިޔަ އަނިޔާގެ ސަބަބުން ކެތްކުރަން ދަތިވި ކަމުގައި ސިދާތްވަނީ ބުނެފައެވެ.

މިހާރު އާއިލާއާއި ދުރުގައި އެޅުމުންދާ ސިއްދާތު ބުނެފައިވަނީ އޭނާ އަލުން ހިތްވަރުގަދަ މީހެއްގެ ގޮތުގައި މުޖްތަމައުއަށް އެބުރި އާއި ‘އާޝާ ކީ ކިރަން’ ނަމަކަށް ކިޔާ ތަނަކަށް މަންމަ އޭނާ ބަދަލުކުރުމުން އެ ތަނުން ލިބުނު ހިތްވަރުން ކަމުގައެވެ. އަދި އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުރާނެ މަސައްކަތެއް ހޯދަން ކަމަށާއި އާއިލާއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫންކަމުގައި ސިއްދާތުވަނީ ބުނެފައެވެ