English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ރޭ ދަންވަރު ކާރެއްގައި ރޯކޮށްލައިފިއެވެ. މަގުމަތީގައި ޕާކުކޮށްފައި ތިއްބާ ރޯކޮށްފައިވަނީ ފިޓް ބްރޭންޑް ކަރަކާއި ސްވިފްޓް ބްރޭންޑުގެ ކާރެއްގައެވެ. ދެކާރުގައިވެސް ރޯކޮށްފައިވަނީ ކުރީކޮޅުގައެވެ. ރޯކުރުމުގެ ސަބަބުން ކާރުތައްވަނީ ވަރަށްބޮޑަށް އަނދައިފައެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓީމުންނެވެ. ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ކާރުގައި ރޯވީ ނޫންކަމަށާއި ބަޔަކު ރޯކޮށްލީ ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ. ފުލުހުން މިހާރު ގެންދަނީ އެކަންކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.