English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅުމީދޫގައި އަޅާ މިފްކޯގެ މަސް ފެކްޓްރީ މިއަހަރު ނިމުމުގެ ކުރިން ނިންމައި، ހުޅުވިގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ބިންގާ އެޅި މަސް ފެކްޓީރީގެ މަސައްކަތްތައް ދިމާވި، ބައެއް މައްސަލަތަކާ ހެދި ހުއްޓިފައި އޮތުމަށް ފަހު މިހާރު ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދާކަމުގައި މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ އައްޑޫގެ މަސް ފެކްޓްރީ އަޅާ ލޮކޭޝަން ބަދަލުވުމުގެ ސަބަބުން އެ ފެކްޓްރީގެ ޑިޒައިނާ ތަކެތި ދެވަނަ ފަހަރަށް ހަދަން ޖެހުނު ކަމަށެވެ. މަސްވެރިންގެ މެރީނާއަކާ އެކުގައި މިއަހަރުގެ ފަހުކޮޅު ހުރިހާ މަސައްކަތްތަކެއް ނިމި، މި އަހަރުގެ ތެރޭގައި މަސް ފެކްޓްރީ ހުޅުވުމަށް އުންމީދުކުރައްވާކަމަށް އަދުލީ ވަނީ ވިދާޅުވެފައެވެ. މިހާރު ކޯލްޑް ސޮޓޯރޭޖު އެތެރޭގެ މަސައްކަތްކުރަމުންދާއިރު ޖެނެރޭޓަރުތަކާއި އައިސް ޕްލާންޓްތައް އަދި ކެރޭންތަކުގެ މަސައްކަތްވެސްވަނީ ނިމިފައެވެ. އައްޑޫގައި ހަދާ މަސް ފެކްޓްރީގައި 150 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނަ އިރު، ދުވާލަކު 100 ޓަނުގެ މަސް އެތަނަށް ގަނެވޭނެއެވެ. މީގެ އިތުރުން އެތަނުން މަސްވެރިންނަށް ދުވާލަކު 100 ޓަނުގެ އައިސް ވެސް ވިއްކޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.