English Edition
Dhivehi Edition

މަސީހާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ސޮއިކުރި ކަމަށް މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ) އެއްބަސްވެވަޑައިގެންފި އެވެ. ޕީޕީއެމްގެ 10 މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވެއްދުމާ އެކު މީޑިއާ އާއި ބައްދަލު ކުރައްވާ ގާރީ ވިދާޅުވީ އެބޭފުޅާގެ ސޮއި ފޯޖްކޮށްފައިވާ ކަމަށާއި އެއީ “ފޭކް ސޮއެއް” ކަމުގައެވެ ސަރުކާރު ކޯލިޝަނުން މިއަދު ބޭއްވި ލައިވް ޕްރެސް ކޮންފަރެންސްގައި، ވިދާޅުވީ ލިސްޓުގައި ސޮއި ކުރެއްވުނީ ވިސްނާލުމެއް ނެތި ކަމުގައެވެ. އަދި ފަހުން ހެޔޮ ވިސްނިވަޑައިގަތުމުން، އޭނާގެ ސޮއި އުނިކުރަން އެދިވަޑައިގަތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ގާރީ ވިދާޅުވީ މައިންބަފައިން ފަދަ ލޯބިވާ ބޭފުޅަކު ކަމަކަށް އެދިވަޑައިގަތުމުން އެކަން ކުރެވުނީ ކަމަށެވެ. އަދި ފަހުން އެއީ ކިހާވަރެއްގެ ކަމެއްކަން އެގުމުން އަމިއްލައަށް އެއްވެސް މީހަކާ މަޝްވަރާ ނުކޮށް ސޮއި ނުހިމެނުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް ގާރީ ވިދާޅުވި އެވެ. ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ގާރީ ކަންތައް ކުރެއްވި ގޮތުން ސަރުކާރަށް ފާޑު ކިޔުމަށް، އަދިކޮޅު ފަރާތްތަކަށް ލިބުނު އިތުރު ފުރުސަތެއްކަމުގައި ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓެގު