English Edition
Dhivehi Edition

45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗްމަހު ވެސް ވަނީ މަޖިލީހަށް ވެއްދާފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ 09 މެމްބަރުން ވަނީ ސޮއި ކުރައްވާފައެވެ. މި މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމް މެމްބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން،މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހު، ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހިމެނެ އެވެ. ޕީޕީއެމް ކޯލިޝަނުން މަޖިލިހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލުގެ ދަށުން މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދެނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

ޓެގު