English Edition
Dhivehi Edition

ހައްގު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި ދާދި އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ

ޕީޕީއެމުން ވަކިކުރި ސިޓީއާއެކު އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ޕީޕީއެމުން ވަކި ކުރިތާ އެއް އަހަރު ފުރުނު ދުވަސް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި އޮންނަތާ އަހަރެއް ފާއިތުވުމަކީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން އިން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ އަމީތު ވިދާޅުވީ އޭނާ މެމްބަރުކަމުން ވަކިކުރި ދުވަހުން ފެށިގެން ގާނޫނުއަސާސީން ލިބޭ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން އަމީތުވަނީ މެމްބަރުންގެ ހައްގުތައް ނިގުޅައިގަތީ އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ، އެ ދެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ