English Edition
Dhivehi Edition

ފުލުހުންގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައި ވަނީ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން 5 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

މިމައްސަލަތަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހުންނަކީ ސ.ހިތަދޫ، އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (29އ) އާއި ހދ.ކުޅުދުއްފުށި، ޝިއުނީވިލާ، މުޙައްމަދު ސިރާޖު (27އ) އާއި މ.މުލައް، ފެހިއަލި، ޢަލީ އަކްރަމް (28އ) އާއި ޏ.ފުވައްމުލައް، ދިގުވާޑު.ރޯޒީ، މުޙައްމަދު ސަޢީދު ޙުސައިން (36އ) އަދި ނ.ވެލިދޫ، ހުސްނޫގެ، އާދަމް ޙަސަންފުޅު (40އ) އެވެ.

އެމީހުންނާއި ގުޅުން ހުރި މައްސަލައިގެ ތަފްސީލެއް ފުލުހުން ދެއްވާފައި ނުވާއިރު ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އާންމު ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ. .

މީގެ އިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ކުރި އިއުލާނުގައި ވެއެވެ.