English Edition
Dhivehi Edition

ހިޔާ މަޝްރޫއު ގެ ދަށުން ދިވެހި ސިފައިންނަށް 300 ފުލެޓް ދެއްވުމަށް ރައީސުލް ޖުމުހޫރިއްޔާ ނިންމަވައިފިއެވެ.

އެމްއެންޑީއެފް މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި މިކަން ހާމަކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާޔަތުގެ ދަށުން، ސަރުކާރުން މިހާރު ފަށްޓަވާފައިވާ ހިޔާ މަޝްރޫޢުގެ ތެރެއިން ތިންސަތޭކަ ފްލެޓް ސިފައިންނަށް ދިނުމަށް ނިންމަވާފައިވާކަމުގައެވެ.

އަދި އަންނަ ހަފްތާގައި މިކަން އިޢުލާންކޮށް، ސިފައިންގެ ތެރެއިން ފްލެޓް ހައްޤުވާ ފަރާތްތަކަށް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުން ސިފައިންނަށް ލިބޭ ފްލެޓްތަކަށް ކުރިމަތިލުމަށް އަންނަ ހަފްތާގައި ހުޅުވާލާއިރު އެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ސިފައިންގެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ފްލެޓްތައް އެފަރާތްތަކާ ހަވާލުކުރާނީ ހައުސިންގ މިނިސްޓްރީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހިޔާ މަޝްރޫއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފައެވެ. މަޝްރޫއާއެކު ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައެވެ. އަދި ބައެއް ކުންފުނިތަކުން ޓަވަރުތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.