English Edition
Dhivehi Edition

ފަތްމިނި އެސޯސިއޭޝަން އޮފް ކްރިއޭޓިވް އެންޓްރަޕްރިނިއަރ (ފޭސް) ގެ ފަރާތުން އައްޑޫސިޓީގެ ހިތަދޫގައި ކުރިއަށް ގެންދާ ވޫލް އިންތަކެތި ހަދަން ދަސްކޮށްދޭ ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މާޗްމަހުގެ 23 އިން 30 އަށް ކުރިއަށް ގެންދާ މި ކްރޮޝެޓް ކޯހުގައި ބައިވެރިވުމުގެ ފީއަކީ 1000 ރުފިޔާއެވެ. ކޯހުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް ބައިވެރިންނަށް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ކޯހުން އެންމެ މޮޅު ބައިވެރިއަކަށް ކްރޮޝެޓް ކިޓެއް ހިލޭ ލިބޭގޮތަށް ވަނީ ހަމަ ޖެހިފައިކަމަށް ފަތްމިނި އިން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ނިމޭއިރު އަމިއްލައަށް ވޫލް އިން ކުދިކުދި ސާމާން ހަދަން ދަސްކޮށްދެވޭނެއެވެ. އެގޮތުން ކުޑަކުދިންގެ ހެދުމާއި ބޫޓާއި ސްޓާކީން ފަދަ ތަކެތި އަމިއްލަ އަށް ހެދޭނެ ކަމަށް ވެސް ފަތްމިނި އިން ބުނެއެވެ.

ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޯސް ކުރިއަށް ގެންދާނީ ކުރީގެ ޓޫވޭވް ފިހާރަ ހުރި އިމާރާތުގައެވެ.

ފަތްމިނި އެސޯސިއޭޝަނަކީ ވިޔަފާރީގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް މަސައްކަތް ދަސްކޮށްދީ އެ ރޮނގުން ކުރިއަށް ދިއުމަށް ބޭނުންވާ އެންމެހައި ފަންނީ އެހީތެރިކަން ދީގެން އަންހެނުން ބާރުވެރި ކުރުވުމުގެ މަގުޞަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 7671357 ނުވަތަ 7750212 ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.