ލިޔުނީ: މުޙައްމަދު ހިޒްޔަމް ނޫރައްދީން އިންވެސްޓްމެންޓްގެ 1 ވަނަ ގުރުއާން މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ސ.މީދޫ ސީޝަލް، ލީޝް ހަމީދަށް އަދި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ސ.މީދޫ ނިޔަދުރުގަސްދޮށުގޭ، ރައްޔާން މައުސޫމު ހޯދައިފިއެވެ. ރޭ ސ. އަތޮޅު މަދަރުސާގައި ބޭއްވި ހަފްލާގައި ރައްޔާނަށާއި ލީޝް އަށް ޓްރޮފީ އާއީ ހަނދާނީ ލިޔުން އަދި ނޫރައްދީން އންވެސްޓްމެންޓްގެ ފަރާތުން ދޭ ލޮޕްޓޮޕާއި، ހެޔޮއެދޭ ފަރާތްތަކުންދީފައިވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހުމާން އައްޝެއިޙް އަހްމަދު ނާޒީހުއެވެ. މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 02 ވަނަ އަދި 03 ވަނަ ލިބުނު ކުދިންނަށްވަނީ ޑިޖިޓަލް ޤުރުއާނއި ތައްޓާއި ހަނދާނީ ލިޔުން ދީފައެވެ. މުޅި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 02 ވަނަ ހޯދާފައިވަނީ ފާތިމަތު މާޔާ ޝަރީފު، ފެއަރލީން/ސ.މީދޫއެވެ. މުބާރާތުން 03 ވަނަ ހޯދާފައިވަނީ ފާތިމަތު ޝަހުދާ ސަވާދު، ގަހާ/ސ.މީދޫއެވެ. މި މުބާރާތުގައި ނުބަލައި ކިޔެވުމުގެ ބައިން 02 ވަނަ ހޯދާފައިވަނީ މަރްޔަމް ރަސާ ތައުފީޤު، ރާސްޕަރީގެ/ސ.ހިތަދޫއެވެ.މުޅި މުބާރާތުން 03 ވަނަ ހޯދާފައިވަނީ އައިޝަތު ޔާމިނާ މުޙައްމަދު ދީދީ، ނިއުޔޯކް/ސ.ހުޅުދޫއެވެ. މިމުބާރާތުގައި ނުބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 02 ވަނަ އަދި 03 ވަނަ ލިބުނު ކުދިންނަށްވަނީ ޑިޖިޓަލް ޤުރުއާނއި ތައްޓާއި ހަނދާނީ ލިޔުން ދީފައެވެ. މިމުބާރާތާއި ބެހޭ ގޮތުން ޖަޖުންގެ ފަރަތުން ވާހަކަދައްކަމުން ހުސެއިން ޝިޔާން ބުނެފައިވަނީ އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކުދިންގެ ކިޔެވުމުގެ ފެންވަރު ރަގަޅުކަމުގައެވެ.އަދި ޤުރުއާން ކިޔެވުން ހުއްޓާލައިފިނަމަ ދަސްކޮށްފައިވާ ބައިތައްވެސް ވަރަށް އަވަހަށް ހަނދާންނެތިގެން ހިގައިދާނެ ކަމަށް ޝިޔާން ވަނީ ބުނެފައެވެ. މީގެ އިތުރުން އަބަދުވެސް ޤުރުޢާން ހިތތެރޭގައި ބޭއްވުމަށްޓަކައި ގިނގިނައިން ކެޔވުމަށް ކުދިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނު ކުދިންނާއި ބެލެނެވެރިންނާއި މުހާތަބުކޮށް،ޤުރުޢާން އުގެނުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ މީދޫގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީ ނޫރައްދީން އިންވެސްޓްމެންޓްގެ ފަރާތުން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ. އަދި ދެން ކޮންމެ އަހަރެއްގައިވެސް ޤުރުއާން މުބާރާތް ބާއްވާނެ ކަމަށް ނޫރައްދީން އިންވެސްޓްމެންޓްއިން ވަނީ ބުނެފައެވެ