އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަބްދުﷲ ނަވާޒްގެ އެކައުންޓް ހެކް ކޮށްފައިވާކަމަށެވެ. އަދި އެ އެކައުންޓުން ފަތުރަމުންދަނީ ތެދު މައުލޫމާތު ނޫން ކަމަށާއި އެފަދަ އޮޅުންއަރާ މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުންވަނީ އެދިފައެވެ
ސީޕީ އަބްދުﷲ ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ރޭ އިދިކޮޅު ފަރާތަކުން ކުރަމުންދިޔަ މުޒާހާރާގައި ބައިވެރިވުމަށް ހުރިހާ ފުލުހުނަށް ގޮވާލާކަމަށް ނަވާޒްގެ އެކައުންޓުންވަނީ ޓްވީޓެއްކޮށްފައެވެ. ނަވާޒްގެ އެކައުންޓުން ކޮށްފައިވާ އިތުރު ޓުވިޓެއްގައި ބުނެފައިވަނީ ފުލުހުން އޫރިދޫ މެދުވެރިކޮށް އޭނާގެ އެކައުންޓް ހެކްކުރުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ