English Edition
Dhivehi Edition

ގދ. ގައްދޫގައި މިރޭ ހިނގި އެކްސިޑެންޓްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ އެވެ. .ނިޔާވެފައިވަނީ އެރަށު ހަނދުވަރީގޭ މުހައްމަދު ގާހިރު، 80 އެވެ

ގދ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ސައީދު”އޭއޯ” އަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާ ނިޔާވެފައި ވަނީ އިތުރު ފަރުވާ ދިނުމަށް ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ކަމަށެވެ. ނިޔާވި މީހާގެ ނިތްކުރި ފަޅައިގެންގޮސް ބޮލަށް އެކިވަރުގެ އަނިޔާވެފައި ވުމުގެ އިތުރަށް، ފައިގެ ކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ހޮސްޕިޓަލަށް އޭނާ ގެނެވުނު އިރުވެސް ހޭވެރިކަމެއް ނެތް ކަމަށާއި، ނިޔާވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގީ ގާހިރު މަޣްރިބް ނަމާދަށް މިސްކިތަށް ދިއުމަށް ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އޭނާގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދެ ޒުވާނަކު ތިބިއިރު، އެ ދެމީހުންނަށްވެސް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 17:40 ހާއިރު ކަމަށާއި މިހާރު އިތުރަށް މިހާދިސާ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.