މިރޭ އިދިކޮޅު ފަރާތް ތަކުން އެއްވުން ބާއްވަމުންދާ ސަރަޙައްދުން ފުލުހުން ވަނީ 150 މިރުސް ޕެން ޕެކެޓް އަތުލައިގެންފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ 105 މިރުސް ޕެކެޓް އެއްވުމަށް މަސައްކަތްކުރަމުންދާ ސަރަޙައްދުން” ސީޒް ކުރެވިފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ތައްޔާރުވާ މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުުހުންނަށް ލިބިފައިވާ ކަން ފުލުހުން ކުރިންވެސް ހާމަކުރައްވާފައި ވެއެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން، ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަޙައްދުގައި މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް އެތަނަށް އެއްވާން މަސައްކަތް ކުރި މީހުން ފަހަތަށް ޖައްސާފައެވެ.
މިރޭގެ ހަމަ ނުޖެހުމުގައި ދެއަންހެންކު ވަނީ ޕެޕާސްޕްރޭ ޖެހުމުން މަގުމައްޗަށް ވެއްޓިފައެވެ. ހަމަނުޖެހުން ހިންގުމަށް ރާވައިގެން ބާއްވާ މި އެއްވުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ދަނީ އަދިވެސް ކުރަމުންނެވެ.