English Edition
Dhivehi Edition

އުފެދުމުގައިވެސް ހިތުގެ އެއްފަޅި އުފެދިފައި ނުވުމުގެ ސަބަބުން އާއިލާއާއި ހެޔޮ އެދޭ ފަރާތްކުން ފަންޑްރައިޒް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިޝްކާ ބިންތި މުހައްމަދު ނިޝާން ނިޔާވެއްޖެއެވެ

މިއަދު ހެނދުނު މިޝްކާ ނިޔާވެފައިވާއިރު މިޝްކާ ވަޅުލުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށް ފަހުގައިކަމަށް އާއިލާއިންވަނީ ބުނެފައެވެ. މިޝްކާ ނިޔާވެފައިވަނީ، ފުރަތަމަ ހިތުގެ އޮޕްރޭޝަން ކާމިޔާބުވެ އިތުރު ދެ އޮޕްރޭޝަން ކުރުމަށްޓަކައި 1 މޭއި ގައި ފުރުމަށް އާއިލާއިން ތައްޔާރުވަމުންދަނިކޮށެވެ

މާތްﷲ އެ ތުއްތު ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި މި ހިތާމަވެރި ދަނޑިވަޅު އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން