English Edition
Dhivehi Edition

ިމިޝްކާ ބިންތި މުހައްމަދު ނިޝާން އަށް އެހީތެރިވުމަށްޓަކައި އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން ފަންޑްރައިޒް ހަރަކާތަކެއްމ ކުރިއަށް ގެންދަން ފަށައިފިއެވެ

އުފެދުމުގައިވެސް ހިތުގެ އެއްފަޅި އުފެދިފައި ނުވުމާއެކު ހިތުގެ ހުޅުވެންޖެހޭ ބައެއް ވޭލް ތައް ނުހުޅުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ މި ތުއްތު ކުއްޖާއަށް އެހީތެރިވުމުގެ ގޮތުން އާއިލާއިން އަންނަނީ ސްޓިކާ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އަދި 16 މާރޗް ވާ ހުކުރު ދުވަހު ‘ޖަންބޯ ސޭލް’ އެއް ކުރިއަށް ގެންދިއުމަށް އާއިލާއިންވަނީ ނިންމާފައެވެ.

މި ޖަންބޯ ސޭލްގައި އަންނައުނާއި ހެދިކާގެ ބާވަތްތައް ވިއްކުމަށް ހަމަޖެހިފައިވާއިރު ސޭލް ކުރިއަށްދާނީ ސ.މީދޫ ގޯލްޑަންޖެއިން ކުރިމަތީގައެވެ. ހުކުރުދުވަހު 14:00 ން ފެށިގެން 20:00 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވެދިނުމަށް އާއިލާއިންވަނީ އެދިފައެވެ.

މީގެ އިތުރުންވެސް މިޝްކާއަށް އެހީވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އާއިލާއިންވަނީ ބުނެފައެވެ

މިޝްކާގެ ފުރަތަމަ ހިތުގެ އޮޕްރޭޝަން ވަރަށް ކާމިޔާބުވެފައިވާއިރު އަދި އިތުރު ދެ އޮޕްރޭޝަން ކުރުމަށްޓަކައި 1 މޭއި ގައި ފުރުމަށް އާއިލާއިން އަންނަނީ ތައްޔާރުވަމުންނެވެ. މީގެތެރެއިން އެއް އޮޕްރޭޝަނަކީ ހިތުގެ އޮޕްރޭޝަނެކެވެ. އަނެއް އޮޕްރޭޝަނަކީ ކުޑަކަމުދާ ނިޒާމާއި ބޮޑުކަމުދާ ނިޒާމުގެ ހޮޅި އެކުވެފައި ހުރުމުން ވަކި ކުރުމަށް ކުރެވޭ އޮޕްރޭޝަނެކެވެ.

ބޮޑު އޮޕްރޭޝަން ތަކެއް ކުރަން ޖެހިފައިވާ މިޝްކާގެ މައިންބަފައިންނަށް ވަނީ މިވަގުތު ތިޔަ އެންމެހައި ބޭފުޅުންގެ ފަރާތުން މާލީ އެހީތެރިކަމަށް ބޭނުންވެފައެވެ. އެހެން ކަމުން ތުއްތު ތުއްތު މިޝްކާއަށްޓަކައި ތިޔަބޭފުޅުންގެ ހެޔޮ ދުޢާއާއި، ދީލަތި އެހީތެރިކަން ފޯރުކޮށް ދެއްވާށެވެ. މާތްﷲ ގެ ހައްޤުގައި މި ތުއްތު ކުއްޖާއަށްޓަކައި ހޭދަކުރެވޭ އެންމެ ލާރިއަކީވެސް ބޭކާރުވެގެން ދާނެ ލާރިއެއް ނޫންކަން ޔަގީނެވެ. މި ތުއްތު، މައުސޫމު ކުއްޖާގެ މުސްތަޤުބަލް ބިނާ ކުރުމަށްޓަކައި މިއަދު ތިޔަ އެންމެހައި ބޭފުޅުންގެ އެހީތެރިކަން ބޭނުންވެއެވެ

މިޝްކާއަށް އެހީވުމަށް ބޭނުންފުޅުވާ ފަރާތްތަކަކުން އާމިނަތު ނާޒިމާ 7484050 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިޔުމަށް އާއިލާއިން އެދެއެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާފަރާތްތަކުން ތިރީގައި މިވާ އެކައުންޓް ނަންބަރުތަކަށް ޓްރާންސްފަރ ކޮށްދެވިދާނެއެވެ

އާމިނަތު ނާޒިމާ : 101 469353 7716 ބމލ

މުހައްމަދު ނިޝާން ޔޫ.އެސް ޑޮލަރ : 103 223391 7701