English Edition
Dhivehi Edition

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ(މުހައްމާ) ދަޢުލަތުގެ މުވައްޒަފުން ތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުކޮށް އެމައްސަލައިގެ ތަހުޤީގަށް މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އިއްޔެ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ކައިރިން ބުރުޒު މަގުން މުޙައްމާ ހައްޔަރު ކޮށްގެން ގެންގޮސް އޭނާގެ ފޯނު އަތުލުމަށްފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މުހައްމާއަށް ތުހުމަތު ކުރަނީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅާ އެ މުވައްޒަފުން ރަސްމީ ޙައިޞިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށެވެ.

މިމައްސަލައިގެ ތަޙުޤީގަށް ފުލުހަށް ޙާޒިރުވާން މުޙައްމާ އަށް އަންގާފައިވަނީ މާދަމާ 10 ޖަހާއިރަށެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދަވާ މުޒާހަރާ ތަކުގައި މުހައްމާ އަކީ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ބޭފުޅެކެވެ.