ބަންގުލަދޭޝްއިން މީހުން ގޮވައިގެން ދަނިކޮށް މިއަދު ކަތަމަންޑޫއަށް ވެއްޓުނު ފްލައިޓުގައި އިން ދިވެއްސަކު ސަލާމަތްވެއްޖެއެވެ.
ހަބަރުލިބޭ ގޮތުގައި މި ހާދިސާގައި ޒަޚަމްވެ ފަރުވާ ދެމުން އަންނަނީ އެ ގައުމުގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ އެވެ.
ޑރ.ރިޒާނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ނޭޕާލުގައި ތިބޭ ދިވެހި ކިޔަވާކުދީން ނާ ހަވާލަދީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ބުނެފައި ވެއެވެ. ރިޒާނާގެ ނިތް ކުރިއަށް ލިބިފައި ވާ ގެއްލުމުގެ އިތުރަށް އެހެން މައްސަލައެއް ދިމާވެފައި ވޭތޯ ޔަގީން ކުރުމަށް މިހާރު ދަނީ އިތުރު ޓެސްޓަތައް ހަދަމުން ކަމަށް ދިވެހި ދަރިވަރުން މައުލޫމާތު ދެއެވެ
7 ފަސެންޖަރުންނާއި 4 ކްރޫއިންނާއެކު ދަތުރުކުރި ބަނގްލަދޭޝް ގެ މިބޯޓް ވެއްޓިފައިވަނީ ޑާކާއިން ފުރައިގެން ނޭޕާލުގެ ކަތަމަންޑޫ އެއަރޕޯރޓަށް ޖައްސަން އުޅެނިކޮށް ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.
އެއަރ ލައިންގެ ސްޕޯކްސްމަން ކަމަރުލް އިސްލާމް އޭއެފްޕީ އަށް މަުލޫމަތު ހިއްސާކުރަމުން ބުނެފައިވަނީ ބޯޓުން ދަތުރުކުރި 33 ޕަސެނަޖަރުންނަކީ ނޭޕާލް،32 ޕަސެންޖަރުންނަކީ ބަންގްލަދޭޝް ގެ މީހުން ކަމަށާއި ޗައިނާ އެކަކު އަދި ދިވެހިރާއްޖެ އެކަކު ހިމެނޭ ކަމަށެވެ.
ނޭޕާލަށް ވެއްޓުނު ފްލައިޓުގައި ދިވެއްސަކު އިންކަން ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފައެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލައިޓުގައި އިން ދިވެހި މީހާއަށް ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ
އެންމެ ފަހުގެ ހަބަރުތަކުގައި ބުނެފައިވާ ގޮތުގައި 71 މީހުން ދަތުރު ކުރި މިބޯޓުން މިހާތަނަށް 50 މީހަކު މަރުވެފައި ވާކމަށް ކަށަވަރު ވެފައިވެއެވެ.