ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭއަށް ހަގީސްގެ ޕްރޮޑަކްޓްތައް ތައާރަފްކޮށް ވިއްކަން ފަށައިފި އެވެ. މިއަދު ހެނދުނު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި “ހަގީޒް” ބާޒާރަށް ނެރެއްދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރެވެ. ހަގީސްގެ ފަރާތުން މިއަދު ބާޒާރަށް ނެރެފައިވަނީ ހަގީސް ޑައިޕާސް އާއި ވޮންޑަ ޕޭންޓްސް އެވެ. އެސްޓީއޯ އިން ބުނެފައިވަނީ މިއަދު މި ތައާރަފް ކުރެވުނު ޕްރޮޑަކްޓް ވެގެންދާނީ ރާއްޖޭގައި ވިއްކާ ނެޕީގެ ޕްރޮޑަކްޓްގެ ތެރެއިން އެންމެ އަގުހެޔޮ ޕްރޮޑަކްޓަށް ކަމަށެވެ. ހަގީޒް ބާޒާރަށް ނެރުމާ އެކު އެސްޓީއޯ ސްޕާމާޓް، އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާމަސީތަކުން ވެސް މިހާރު ހަގީސް، ސުޕަމާޓްގައި ހުރި އަގަށް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް ހަ މަސްދުވަހުގެ ނެޕީ ހަދިޔާ ކޮށްފަ އެވެ