English Edition
Dhivehi Edition

ދިވެހި ކެބިން ކްރޫ އެކަޑަމީއިން އެންޓްރީލެވެލް ގެ ކޯހެއް 2ވަނަ ބުރެއް އައްޑޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކަޑަމީން ބުނެފިއެވެ. އެކަޑަމީގެ ފައުންޑަރ ޙުސެއިން ޙަލީމް “އޭއޯނިއުސް” އަށް ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމުތަކުގެ ތެރެއިން ފުރަތަަމަ ބުރު ނިމި އިތުރު މޮޑިއުލްސް ތަކަކާއެކު 2 ވަނަ ބުރެއް ފެށުމަށް އެފަރާތުން ތައްޔާރުވެފައިވާ ކަމަށެވެ. މި ދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އެންޓްރީލެވެލްގެ ފުރަތަމަ ބުރަށް ފަހު 2 ވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަަ ކޯހުގައި 4 މޮޑިއުލް އަކަށް ކިޔަވައިދީފައިވާާއިރު ޓްރެއިނިންގ ގެ 2 ވަނަ ބުރުގައި 7 މޮޑިއުލްއެއް ހިމެނޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިހާާރުވެސް ނަންނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 5200ރުފިޔާގެ ފީއެއް ދައްކަން ޖެހޭ މި ކޯހުގެ ފީ، އިސްޓޯލްމަންޓަށް ވެސް ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9958800 މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ސ.ފޭދޫ ގުޑްލުކް ފިހާރައިން ލިބެން ހުންނާނެއެވެ.