English Edition
Dhivehi Edition

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ދާދި ދެންމެ އަކު ހައްޔަރުކޮށްފިއެވެ.

އަރީފް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް ފާސްކޮށްފައެވެ.

އަރީފްގެ ހައްޔަރުކުރީ މިއަދުގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ.

އަރީފް ހައްޔަރުކުރިއިރު، މިދިޔަ މަހުގެ 2 ގައި، އޭނާ މަގާމުން ވަކިކުރުމާ އެކު ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓައިފަ އެވެ.

އަރީފު ސީޕީ ކަމުން ވަކިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައި ދިޔަ ކަންކަމުގެ ތެރޭގަ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ އަރީފް މަގާމުން ވަކިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޯނު ކުރެއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަމަށެވެ.

އަރީފުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.