English Edition
Dhivehi Edition

މިއަދު 3:15 ހާއިރު ސ.މީދޫގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު، ސ.މީދޫ ޕެރިސް އަބްދުﷲ އިބްރާހިމް ދީދީ އަށް މިވަގުތު ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުން ދާއިރު އޭނާގެ ހާލު މަޑުމަޑުން ދަނީ ރަނގަޅުވަމުން ކަމަށް އާއިލާގެ ބުނެފިއެވެ.

އާއިލާއިން ވާހަކަ ދެއްކި އަބްދުﷲ ގެ ކުއްޖަކު ބުނީ ބައްޕަ ގެ ދަތްކަށިގަނޑާ ދިމާލުން ފަޅައިގެން ގޮސް ހުރި ތަން މިހާރު ވަނީ ފަހާފައި ކަމަށާއި ، ހޮސްޕިޓަލަށް ގެނައި އިރާ ބަލާފައި މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ. އަދި ހޮސްޕިޓަލުން އަންގަނީ ބައްޕައަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ކަމަށް އޭނާ ކިޔައިދިނެވެ. މީގެ އިތުރަށް އާއިލާއިން ބުނީ އެކްސްރޭ ނެގުމަށް ފަހު އަބްދުﷲ ގެ މޫނުގައި ފްރެކްޗަރ އެއް ނެތްކަމަށް ޑޮކޮޓަރ ބުނެފައިވާކަމަށެވެ

މިއެކްސިޑެންޓް ހިނގީ އެރަށު ފެންނާމަގު ދިޔަ ސައިކަލެއް، ހިޔަލީ ހިނގުމުން ނިކުތް ސައިކަލަކާއި ޖެހިގެން ނެވެ

މި ހާދިސާގައި އަބްދުﷲ އިބްރާހިމް ދީދީ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމީދޫ ސިއްހީ މަރުކަޒަށެވެ. އެތަނުން ބެއްލެވި ޑޮކްޓަރ ބުނެފައިވަނީ އަބްދުﷲ ދީދީގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ

މިހާދިސާގައި ހިޔަލީ ހިނގުމުން ނިކުތް ސައިކަލް ދުއްވަން އިނީ ސ.މީދޫ ، ފީރޯޒްވިލާ ހަސަން މާހިރުއެވެ. މި ހާދިސާގައި ހަސަން މާހިރު އާއި އަބްދުﷲ އިބްރާހިމް ދީދީ ދުއްވި ސައިކަލްގެ ފަހަތުގައި އިން މީހާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވެއެވެ