މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖްމަތިން ދަތުރު ކުރެވޭނެކަމަށް ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭ ކޮޅުން އަޅަމުންދާ ކޮންކްރިޓް އައިބީމްތައް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމުގައެވެ
ބްރިޖްގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ދާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ބްރިޖްގެ މައި ކޮންކްރީޓް މަސައްކަތްތައް ޖުލައި މަހުގެ ނުވަވަނަދުވަހާއި ހަމައަށް އެއްކޮށް ނިންމާލެވޭނެ ކަމުގައެވެ. އޭގެ ފަހުން އޮންނާނީ ތާރު އެޅުމާއި ލައިޓްތައް ހަރުކުރުންފަދަ އެންމެ ފަހުގެ މަސައްކަތްތައް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ
ޖުލައި މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ޖުރިޖް އެއްކޮށް ގުޅާލެވެނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖްމަތިން ދަތުރުކުރަން ފެށޭނެ ކަމުގައެވެ