English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރުމުން އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުޅުމީދޫގައި ހުންނަ ވިލާކޮލެޖްގެ އިމާރާތުގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޑުއުފުލާފައިވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ދިއްލޭނެ އިންތިޒާމް ހަމަނުޖެހި ގިނަ ދުވަސްތަކެއްވުމެވެ.

ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އަޑުއުފުލި ފަރާތްތަކުން، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބޭނުންނުހިފި ދިގުދެމިގެންދާކަން ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވަނީ ސުވާލުކޮށްފައެވެ. އަދި އެފަރާތްތަކުގެ ޝުޢޫރު ފާޅުކޮށް ލިޔެފައިވާ ބެނާއެއްވަނީ ދައްކާފައެވެ.

 

ހުޅުދޫ ރައްޔިތުންގެ މިކަންބޮޑުވުންތަކުގެ އަޑު އަހައި ރައްޔިތުންގެ ސުވާލުތަކަށް މޭޔަރ އަބްދުﷲ ޞާދިޤް، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، ފޭދޫ ދާއިރާގެ ކައުންސިލަރ ޢަލީ ފަޙްމީ އަދި މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ހުސައިން ހިޔާޟް ވަނީޖަވާބުދެއްވާފައެވެ.

މި ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ބަލައިގަންނާނީ އުފަލާއެކު ކަމަށެވެ. މޭޔަރ ވިދާޅުވިގޮތުގައި ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ރާވައި ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމަކީ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމެށެވެ.

ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެކަމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ކައުންސިލުން ބުނެއެވެ. މިގޮތުން ކައުންސިލް އިދާރާއަށް ދާދިފަހުންވަނީ ކޮމްޕްލެއިންޓްސް މެނޭޖްމެންޓް ސްފްޓެވެއަރ ގަނެފައެވެ. އަދި މިސޮފްޓްވެއަރ ބޭނުންކުރުމުގެ ތަމްރީނުތައް މިހަފްތާގައި ވަނީ މުވައްޒަފުންނަށް ދެވިފައެވެ.

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކުވެސް ފާއިތުވި އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، ޚަރަދުތަކާއި،ކައުންސިލުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް އެކަންކަމާއިގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވައެވެ.

 

1 ކޮމެންޓް
އަލީ ނޫރައްދީން
މާޗް 2, 2018
ސާބަސް ކޮއްޔާމެންނޭ! ދަޑޮ ނިދިއްލިގެން ކެރާނެ ކަމަށް ނިއެނގިގެން ދީ މިހިނގަނީ. ކިތައް މައްސަލަ މިއޮތީ. އެހިށި ބަނދަރަ މައްތެ ވެލި ނަގާ މީހުން އެޑާ ދޮންވެލި ނަގައި ސައުފުކޮށް މަގޮ ރިއެތިކެރުވަފެލެއު