English Edition
Dhivehi Edition

މިއަހަރު ޙައްއްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ހައްޖުކޯޕަރޭޝަނާއެކު އިތުރު އަމިއްލަަ ހަތަރު ކުންފުންޏަކަށް ކަމަށެވެ

އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒައީ ގްރޫޕަށެވެ. މިއިން ކޮންމެ ޖަމާއަތަކަށް ހުއްދަ ދިނީ 100 މީހުން .ހައްޖަށް ގެންދިއުމަށެވެ . އެއީ މީހަކަށް69،965 ރ. ގެމަގުން ފައިސާނަގައިގެން ހައްޖަށް ގެންގޮސްދޭ ގޮތަށެވެ

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން ނުވަ ކުންފުންޏަކުން ބިޑު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ބިޑު ހުށަހެޅި އެއް ކުންފުންޏެއްގެ ބިޑުގައި ހައްޖަށް މީހުންގެންދިޔުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުންތައް ހަމަނުވާކަމަށް ބުނެެ، ސަފާ ގްރޫޕްގެ ބިޑު ވަނީ ކެންސަލްކޮށްފައެވެ

ހައްޖަށް ގެންދަން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް އާއްމުކޮށް ދޭ 1،000 މީހުންގެ ކޯޓާގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި ލިބެނީ ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނަށެވެ

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ބިޑް އިވޭލުވޭޓް ކުރިއިރު ބަލާފައިވަނީ އެކުންފުނިތަކުން ބިޑުތަކުގައި ހުށަހަޅާފައިވާ ހިދުމަތަށާއި އަގަށް ބެލުމަށްފަހު ކަމަށެވެ