ހަތަރު މީހުންނާއި އެކު މާލެއިން ޅ. ކުރެންދޫއަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ކާށިދޫ ކަނޑަށް އަޑިޔަށް ހިނގައްޖެއެވެ
“ގިޓާނާ 1” ނަމަކަށް ކިޔާ ދޯނި ކާށިދޫގެ އިރުދެކުނުން ހަތަރު މޭލު ބޭރުން އަޑިޔަށްދިޔަ ކަމުގެ ރިޕޯޓް އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑަށް މިއަދު 17:55 ގައި ލިބިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދެއެވެ
މި ހާދިސާ ހިނގި އިރު ދޯނީގައި ތިބި 4 މީހުން ވަނީ އެސަރަޙައްދުން ދަތުރުކުރި ދޯންޏަކަށް ނަގައިގެން ކާށިދޫއަށް ގެންގޮސްފައި ކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދެއްވައެވެ. ދޯނި އަޑިޔަށް ދިޔައީ ދިޔަވެގެން ކަމަށް އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އަޒީމް ވިދާޅުވިއެވެ. ދޯނީގައި ހުރީ ހިލައާއި ހިލަވެލި ކަމަށްވެސް އަޒީމް ވިދާޅުވިއެވެ