English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ޖަދުވަލް 1 ގައިވާ “ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް” ފުރިހަމަ ކުރެއްވުމަށްފަހު ފޯމްގައި ބަޔާން ކޮށްފައިވާ ތަކެއްޗާއެކު 20 މާރިޗް 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އެޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް” އެޑިޕާޓްމަންޓުގެ ވެބްސައިޓް އިންލިބެން ހުންނާނެކަމަށް އިޢުލާނުގައި ވެއެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ކޮމެޓީ އަކަށް ހުށަހެޅުމަށް ފަހު އެ ކޮމިޓީން ނިންމާ ފަރާތްތަކަށެވެ. ކޮމިޓީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.