English Edition
Dhivehi Edition

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާއަށް ހައްޤުވިފަދަ ސެލިއުޓެއް މިއަދު ރައީސް ޔާމީނަށް ޙައްޤުވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.

“ދިވެހި ސަލާމަތީ ބާރުތަކާއެކު ދިވެހިން” ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޝިފާޤު ވިދާޅުވީ ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ އަދި ރިވެތި އުޞޫލުތައް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީންގެ ކިބައިން ފެނިގެން ހިނގައްޖެކަމަށެވެ.

މީގެ 398 އަހަރު ކުރިން ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކަޅުތުއްކަލާގެ ހާދިސާއަށް އިޝާރާތް ކުރައްވަމުން ޝިފާގު ވިދާޅުވީ މިއަދު މިފެންނަނީ އެތާރީޚު ތަކުރާރުވާ މަންޒަރުކަމަށެވެ. އޭރު ވަލިއްޔުލް އަހުދަށް ކުރިމަތިވި ގޮންޖެހުން މިއަދު ރައީސް ޔާމީނަށްވެސް ކުރިމަތިވާ މަންޒަރު ފެންނަކަމަށް ޝިފާޤު ވިދާޅުވިއެވެ.

“އޭރު ސިފައިންގެ ޤާނޫނެއް ނެތް. އެހެންނަމަވެސް ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔައީ ދިވެހި ލަޝްކަރިއްޔާގެ ރޫޙު. މިފެބުރުއަރީ މަހު ދިވެހި ޤައުމަށް ކުރިމަތިވި ހާދިސާގައި ރައީސް ޔާމީންވެސް ޢަމަލުކުރެއްވި މަންޒަރު ފެނިގެންދިޔައީ މިއުޞޫލުގެ ދަށުން” ޝިފާޤު ވިދާޅުވިއެވެ.