English Edition
Dhivehi Edition

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ސ. ހުޅުދޫ، ކާމިނީގޭ ފާތިމަތު ނާސިރާ ދޫނިދޫގައި އޮންނަ ގޮޅިއަށް ފިރިހެނުން ރޭގަނޑު ވަންނަކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ކަސްޓޯޑިއަލްގައި ހުންނަ އަންހެނަކަށް އިހްތިރާމް ކުޑަކޮށް އަމަލު ކުރަމުން ދާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން އެފަދަ ކަމެއް ނުހިނގާކަން ޔަގީންކޮށްދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ބަންދުގައި ހުރި އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއްލިބޭ އަދި އިންސާނީ ކަރާމަތާއި އިހްތިރާމް ގެއްލޭ އެއްވެސް އަމަލެއް ފުލުހުން ހިންގާފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ނާސިރާ ސިރާަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޮންނަ ގޮޅިއަށް ރޭގަނޑު ފިރިހެނުން ވަދެ ތިބޭ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ބުނެފައެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ހޯޕް ފޮ ވިމެން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުން ހައްޔަރު ކޮށްފައިވާ ނާސިރާ، ބަހައްޓާފައި ހުންނަ ގޮޅީގެ ތެރެއަށް ރޭގަނޑު ފިރިހެނުން ވަދެ ފަތިސް ވަންދެން ތިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ .އަދި އެއީ ގާނޫނު އަސާސީ އާއި އެންޓި ޓޯޗާ ގާނޫނާ ޚިލާފު ކަމަކަށްވާތީ، އެ ޖަމްއިއްޔާގެ ފަރާތުން އެ މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅީ ކޮން ދުވަހަކު ކަމެއް ބުނެފައެއް ނުވެއެވެ.

ނާސިރާ ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ މިވަގުތު ހައްޔަރުގައި ހުރީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫގައެވެ.