English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއެކު މިއަހަރު ބާއްވާ ފުރަތަމަ ބައްދަލުވުންތައް މިފެބްރުވަރީ މަހުގެ 27، 28 އަދި އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ފުރަތަ ބައްދަލުވުން އޮތީ މާދަމާގެ ރޭ 20:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުވުމަކީ ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ރައްޔިތުންނާ ބައްދަލުކުރުން އޮތީ އަންނަ އަންގާރަ ދުވަހުގެ ރޭ މަރަދޫ ބޮނޑޮގޭގައެވެ. އަދި ހުޅުދޫ، މީދޫ ގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ވިލާ ކޮލެޖްގައެވެ.

މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެކެވެ.