English Edition
Dhivehi Edition

ނޭޕާލްގެ ރިޔާސީ އިންތިޚާބު މާޗު 13 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އެކަން މިއަދު އިއުލާން ކޮށްފިއެވެ.

އިންތިޚާބު ބާއްވާނެ ދުވަސް އިއުލާން ކޮށްފައި ވަނީ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ އިތުރުން އެ ގައުމުގެ ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންނާއި އެކު އިލެކްޝަންސް ކޮމިޝަނުން، ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާތަކަށްފަހު އެވެ. ނޭޕާލްގެ އާ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރާނީ ތަފާތު ދެ އިންތިޚާބަކުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ނާއިބް ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވާނީ ރައީސް އިންތިޚާބު ކުރާތާ އެއް ހަފްތާ ފަހުން ކަމަށް އިލެކްޝަންސް ގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.