English Edition
Dhivehi Edition

ފޭދޫސްކޫލުގެ 15 ދަރިވަރަކާއި 4 ޓީޗަރަކު ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅަށް ފުރައިފިއެވެ. މި ދަތުރުގައި ދިޔައީ ބީ ޓެކް އާރޓް އެންޑް ޑޒައިންގެ 9 ދަރިވަރުންނާއި ސުކޫލު މީޑިއާ ގުރޫޕްގެ 6 ދަރިވަރުންގެ އިތުރުން 2 ބެލެނިވެރިންނެވެ. މި ދަތުރުގެ މަގުސަދަކީ ބީޓެކް އާރޓް އެންޑް ޑިޒައިން ހަދާ ދަރިވަރުންގެ އެސައިންމެންޓް ހެދުމަށް ބޭނުންވާ މައުލޫމާތުގެ އަމަލީ ތަޖުރިބާ ހޯދުމެވެ. މި ދަތުރުގައި ބ. އަތޮޅު ހިޔާރު ކުރުމުގެ މައިގަނޑު މަގުސަދަކީ ބ. އަތޮޅަކީ ދަރިވަރުން އެސައިންމެންޓް ހެދުމަށް ބޭނުންވާ ތަފާތު މަސައްކަތްތެރިކަމުގެ މައުލޫމާތު އެއްތަނަކުން ލިބޭނެތަނަކަށް މި އަތޮޅު ވާތީ ކަމަށް ސްކޫލުުން ބުނެއެވެ. މި ދަތުރުގައި ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ބ. އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަށް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ. މިގޮތުން ދަރަވަންދޫ، ތުޅާދޫ، ކުޑަރިކިލު، ކިހާދޫ ، އޭދަފުށި އަދި ސޮނެވާފުއްޓަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ރަށްތަކަށް ދަރިވަރުން ޒިޔާރަށްކޮށް ކޮންމެ ރަށަކުންވެސް ތަފާތު މަސައްކަތް ތެރިންނާއި ދަރިވަރުން ބައްދަލުކުރުމަށް ވަނީ ހަމަ ޖެހިފައެވެ. މިގޮތުން ދަރަވަންދޫ އިން ކުރެހުމުގެ ފަންނުވެރިޔަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ތުޅާދޫ އިން ލިޔެލާ ޖެހުމުގެ މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ އިތުރުން ކުޑަރިކިލި އަދި ކިހާދޫ ކުރެހުންތެރިންނާއި ބައްދަލުކޮށް،ބަތްޕޮޅި އަދި ސަތާވިޔުމުގެ މަސައްކަތް ކުރާގޮތް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިރަށްރަށުގެ ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް އެކުވެރިކަމުގެ ކަމުގެ ގުޅުން ބަދަހި ކުރުމުގެއިތުރުން ކުޑަރިކިލުގައި ހުންނަ އަމިއްލަ ފަރާތެއްގެ ދާރުލް އާސާރަކަށް ޒިޔާރަށް ކުރުމަށްވެސް ވަނީ ހަމަ ޖެހިފައެވެ. މި ދަތުރުގައި ބ. އަތޮޅުގައި 4 ދުވަސް ހޭދަކުރަށްފަހު މާލެގައިވެސް އެއް ދުވަސް ދަރިވަރުން ހޭދަ ކުރާނެއެވެ. ދަތުރު ނިންމާލާފަ ދަރިވަރުން އެނބުރި ރަށަށް ދިއުމަށް ހަމަޖެހިފައިވަނީ 30 ޖޫން ވާ ހުކުރުދުވަހެވެ.