English Edition
Dhivehi Edition

މިމަހުގެ 19 އިން 25 އަށް ސިންގަޕޫރުގައި ކުރިއަށްގެންދާ ގްލޯބަސް ޕްރޮޖެކްޓްގައި އައްޑޫވިމެންސް އެސޯސިއޭޝަނުން ބައިވެރިވެއްޖެއެވެ. މި ޕްރޮޖެކްޓައި ބައިވެރިވީ ޝެހެނާޒް ރަޝީދާއި އާމިނަތު ޒައީމާއެވެ. ޝެހެނާޒް އަކީ އައްޑޫވިމެންސް އެސޯސިއޭޝަނުގެ މެމްބަރެއްގެ އިތުރުން އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީގެ ރައީސާވެސް މެއެވެ. މި ބައިވެރިންނާއެކު “އަވަ” ގެ ރައީސާ ޑރ މަރިޔަމް ޝަކީލާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާގައި އަންހެނުންގެ ބައިވެރިކަން އިތުރުކޮށްދީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ ދުނިޔޭގެ 6 ގައުމަކުން ބައިވެރިވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ގްލޯބަސް ޕްރޮޖެކްޓްގައި ހިމެނޭ ގައުމުތަކަކީ ދިވެހިރާއްޖެ، ސިންގަޕޯރު،ސޮލްވީނިއާ، ވިއެޓްނާމް ފިލިޕީންސް އަދި ބްރެޒިލްއެވެ.
މި ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ ޕްރޮގްރާމު ސިންގަޕޫރުގައި ބާއްވާއިރު ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އެކި ދުވަސްތަކަކަށް ބަހާލައިގެން ގްލޯބަސް ޕްރޮޖެކްޓްގެ އެހެން ހުރިހާ ގައުމުތަކެއްގައި ޕްރޮގްރާމު ހިންގުމަށް ޝެޑިއުލް ކުރެވޭނެއެވެ. ސިންގަޕޫރުގެ ޕްރޮގްރާމު ފިޔަވައި އެހެން ކޮންމެ ޕްރޮގްރާމެއްގައި ބައިވެރިވާ 6 ގައުމުގެ ތެރެއިން ކޮންމެ ގައުމަކުން 3 ބައިވެރިންނަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސިންގަޕޫރު ގައި މިހާރު ކުރިއަށް ގެންދާ ގްލޯބަސް ޕްރޮޖެކްޓްގައި ބައިވެރިވަނީ ކޮންމެ ގައުމަކުން 2 މެމްބަރުންނެވެ
ތަފާތު އެކި ރޮނގުރޮނގުން ރާއްޖޭގެ އަންހެނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަމުން އަންނަ އަވަ އަދި ވަކަމް އިން ވަނީ މި ޕްރޮގްރާމުތަކުގައި ބައިވެރިވެ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޖަމިއްޔާގެ މެމްބަރުންނަށް ހުޅުވާލާފައެވެ.