English Edition
Dhivehi Edition
31 މެއި 2022. ބަނޑޮސް އައިލެންޑް ރިސޯޓު- އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިކޭން)ގެ 9 ވަނަ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް"ގެ އިފްތިތާހީ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ދިގު މުއްދަތަށް ދެމިގެންދާ ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާއިރު، ޖަޒުބާތުގައި ނުޖެހި، ދިމާވާ ގޮންޖެހުންތަކާ ކެރިގެން އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމައް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވަރކް (އައިކޭން)ގެ 9ވަނަ “ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް”ގެ އިފްތިތާޙީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއްވެސް ދާއިރާޔަކުން ކުރިއަށްދާން ބޭނުންވާނަމަ، އަންހެނުން މައިދާން ދޫކޮށް ދިޔުމުގެ ބަދަލުގައި ތެދުވެ، ހަށިފޮޅާލާފައި ކުރިއަށްދިޔުމަކީ ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެނައުމުގެ ސިއްރު ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވަރކް (އައިކޭން)ގެ 9ވަނަ “ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް”ގެ އިފްތިތާޙީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އަންހެނުން، އެއްވެސް ދާއިރާއަކުން ކުރިއަށްދާން ބޭނުންވާ ނަމަ، މައިދާން ދޫކޮށް ދިއުމުގެ ބަދަލުގައި ތެދުވެ، ހަށިފޮޅާލާފައި ކުރިއަށްދިއުމަކީ ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެނައުމުގެ ސިއްރު ކަމަށެވެ.

އެގޮތުން މިސާލު ދައްކަވަމުން މާރިޔާ ވަނީ ސުލްހަ މަސަލަސްކަމާ ހުރި ގުޅުމާ ބެހޭ އދ.ގެ ތާރީހީ ގަރާރު 1325 އެކުލަވާލުން ހިމެނޭހެން ބުރަ މަސައްކަތްތައް ކުރެއްވި އައިކޭން ޖަމިއްޔާގެ ކޯފައުންޑަރު ސަނަމް އެންޑަލިނީ ފަދަ އެކްޓިވިސްޓުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވަވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ރައީސް ޞާލިޙްގެ ސަރުކާރުން އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަން ޤާއިމްކުރަން ކުރައްވާ މަސައްކަތުގައި ޙާސިލްކޮށްފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރެކޯޑު ޢަދަދެއްގެ އަންހެން ވަޒީރުންނާއި ސަފީރުން އައްޔަންކުރެއްވުމާއި، ކައުންސިލްތަކުގެ %33 ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، އަންހެނުން ކުރިއަރުވާ ކޮމިޓީތައް ޤާނޫނީގޮތުން ބާރުވެރިކުރުވުމާއި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެމްއެންޑީއެފްގެ އެންމެ މަތީ ފަޑީގައްޔާއި ހުރިހާ ކޮމިޓީއެއްގައި އަންހެން ސިފައިން ޝާމިލްކޮށް، ގިނަ ޢަދަދެއްގެ ތަމްރީނު ފުރުޞަތުތައް އަންހެން ސިފައިންނަށް ފޯރުކޮށްދީފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިސީއޭއެން) އާއި އައްޑޫ ވިމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ) އަދި ވިމެންސް އެލަޔަންސް ފޮ ސެކިއުރިޓީ ލީޑާޝިޕް (ޑަބްލިޔުއޭއެސްއެލް)ގެ މެމްބަރުން ގުޅިގެން ރާއްޖޭގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައެވެ. މި ފޯރަމްގައި ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުތަކުގެ ޕީސްބިލްޑަރުންނާއި ސަލާމަތީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.