English Edition
Dhivehi Edition

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ސިވިލް އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހުޅުދޫ، ރެޑިއަމްގެ، ޙުސައިން ޢަފީފް (43އ) އާއި ކ.މާލެ، މ.ބިންއުނިމާގެ، ޢަބްދުލް މަޖީދު ޢަލީ (38އ) އެވެ.

ޙުސައިން ޢަފީފް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 22 ވަނަ ދުވަހުގެ 09:00 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

ޢަބްދުލް މަޖީދު ޢަލީ ހޯދަމުންދަނީ، ލިޓަސް އޮޓޯ މޯބައިލްސް ޕްރައިވެޓް ލިިމިޓެޑް އިން ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 21 ވަނަ ދުވަހުގެ 10:40 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވަވާފައެވެ.