English Edition
Dhivehi Edition

ޕަންޖާބް ކޮލެޖް އޮފް ޓެކްނިކަލް އެޑިއުކޭޝަން ގެ ސްކޮލަރޝިޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލާއިފިއެވެ.

ސްކޮލަރޝިޕް ފުރުސަތުތަކުގެ ތެރޭގައި ފުލް ސްކޮލަރޝިޕްތަކާއި ޕާރޝަލް ސްކޮލަރޝިޕް ހިމެނެއެވެ.

ފުލް ސްކޮލަރޝިޕްތަކުން ފުލްޓައިމްކޮށް 10 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ޕާރޝަލް ސްކޮލަރޝިޕްގެ ގޮތުގައި 4 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އޭގެ ތެރޭގައި ބެޗްލަރސް އާއި މާސްޓާރސް ފެންވަރުގެ ކޯސްތަކާއި، ބެޗްލާރސްގެ 10 ކޯހެއްގެ އިތުރުން މާސްޓަރސްގެ 4 ކޯހެއް ހިމެނެއެވެ.

ސްކޮލަރޝިޕްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލެވޭނީ އޯލެވެލް އިމްތިޙާނުން ފަސް މާއްދާއިން “ސީ”އިން ފެށިގެން މަތީ ގްރޭޑް ހާސިލްކޮށްފައިވާ ދަރިވަރުންނައް ކަމަށާއި، މާސްޓަރސް ޑިގްރީގެ ކޯސްތަކަށް ކުރިމަތިލެވޭނީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ކަމުގައެވެ.

ޕީ.ސީ.ޓީ.އީ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލާފައި ވާއިރު، އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަނެއް ބާތިލުވާނެކަމަށް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ތަޢުލީމް ޙާސިލް ކުރެވޭނެ ދާއިރަތަކުގެ ތެރޭގައި ބެޗްލަރސްއިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަންއާއި، ސައިންސްގެ ކޯސްތަކާއި، ބިޒްނަސްގެ ކޯސްތައް ހިމެނެއެވެ. މާސްޓަރސް ކޯސްގެ ތެރޭގައިވެސް ސައިންސާއި ބިޒްނަސްގެ ކޯސްތައް ހިމެނޭ އިރު، މި ސްކޮލަރޝިޕްތަކުގެ ދަށުން ދަރިވަރުންގެ ޓިއުޝަން ފީގެ 50 އިންސައްތަ ޕީ.ސީ.ޓީ.އީ ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސޮކޮލަރޝިޕް ތަކައް ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށެވެ.