English Edition
Dhivehi Edition

ރޯދަމަހު، އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްގެންދިޔަ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް” ޗެމްޕިއަކަން ޗެމްޕިއަން ޓީމުން ހޯދައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލުގައި މިކްސް ސިކްސްއާ ބައްދަލުކޮށް 3-1 ސެޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީމުގެ ޖާޒީ ނަމްބަރު 2 އިނާޔަތުﷲ ވަހީދެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަމައެޓީމުގެ ޖާޒީ ނަމްބަރ 8 ރިޝްމާ އިބްރާހީމެވެ. މުބާރާތުގެ އެންމެމޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރ 9 އިބްރާހީމް މޫނިސް އެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަންޓީމްގެ ޖާޒީ ނަންބަރ 8 ރިޝްމާ އިބްރާހީމެވެ. އެންމެމޮޅު ފިރިހެން ސާވަރަކަށް ހޮވުނީ ކުލަބު އީޖީޕީ ގެ ޖާޒީނަންބަރ 10 އިބްރާހީމް އާސިރެވެ. އެންމެ މޮޅު އަންހެން ސާވަރަކަށް ހޮވުނީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްނަރު 3 ހައްވާ އާސިމާ ހުސައިނެވެ. އެންމެމޮޅު ފިރިހެން ރިސީވަރަކަށް ހޮވުނީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރ 9 އިބްރާހީމް މޫނިސެވެ. އެންމެ މޮޅު އަންހެން ރިސީވަރަކަށް ހޮވުނީ ޓީމް ޕެޓޫގެ ޖާޒީ ނަންބަރ 5 ފާތިމަތު ރިޒްނާއެވެ. އެންމެ މޮޅު އަންހެން ޑިފެންޑަރަކީ ޗެމްޕިއަންޓީމުގެ ޖާޒީނަމްބަރ 8 ރިޝްމާ އިބްރާހީމެވެ. އެންމެ މޮޅު ފިރިހެން ޑިފެންޑަރަކަށް ހޮވާފައިވަނީ ކުލަބު އީޖީޕީގެ ޖާޒީނަންބަރ 5 މުހައްމަދު ހަސަނެވެ. އެންމެ މޮޅޫ ބްލޮކަރަކަށް ހޮވުނޫީ މިކްސް ސިކްސްގެ ޖާޒީނަމްބަރ 11 އަހުމަދު ދީދީއެވެ. އެންމެމޮޅު ސެޓަރަކީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރ 2 އިނާޔަތުﷲ ވަހީދެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންޓީމިގެ ކޯޗު ހަސަން ނަސީރެވެ. އުންމީދީ ފިރެހެން ކުޅުންތެރިއަކީ ޗެމްޕިއަންޓީމިގެ ޖާޒީ ނަމްބަރ 7 އަހުމަދު އަނީލެއެވެ. އުންމީދީ އަންހެން ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންޓީމުގެ ޖާޒީނަމްނަރ 8 ރިޝްމާ އިބްރާހީމެވެ. ފެއާޕްލޭ ޓީމަކީ ޓީމް ޕެޓޫއެވެ. ރަނައަޕް ޓީމަކީ މިކްސް ސިކްސް އެވެ. ފައިނަލްމެޗުގެ ޝަރަފްވެރި މެހުމާނަކީ ހެޕީމާކެޓުގެ މެނޭޖިންޑިރެކްޓަރ އަހުމަދު ނައީމެވެ.