English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި އިއުލާންކޮށްފިއެވެ.

މި ބައްދަލުވުން އޮންނާނީ ކައުންސިލް އިދާރާގައި އެރޭގެ 8:30 ގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިބައްދަލުވުމުގައި 2017 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2018 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކައުންސިލުން ބާއްވާ މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.