English Edition
Dhivehi Edition

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ސިވިލް ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީވެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، ދަފްތަރު ނަންބަރު ރސ 7779، އިބްރާހީމް ވަޙީދު (41އ) އާއި ސ.މަރަދޫ، މައިޒާން، މުޙައްމަދު ފަރުޞީދު (39އ) އެވެ.

އިބްރާހީމް ވަޙީދު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

މުޙައްމަދު ފަރުޞީދު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 09:00 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުންއެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ..