English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދުއާއި މީދޫގައި އައުޓުޑޯ ޖިމްސެޓުތައް ބަހައްޓަން އެސްޓަރން އައްޑޫއިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ. މީގެ ކުރިން އައްޑޫގެ އެހެން ރަށްރަށުގައިވަނީ އައުޓިޑޯޖިމްސެޓުތައް ބަހައްޓައިފައެވެ. އޭގެތެރޭގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ހިމެނެއެވެ. މިއީ އައްޑޫސީޓީކައުންސިލުން ފަށައިފައިވާ މަޝްރޫއެކެވެ. ހުޅުދުއާއި މީދޫގައި ޖިމްސެޓް ބެހައްޓައިދޭނެ ބަޔަކު ހޯދުމަށް މީގެކުރިންވެސް ދެ ފަހަރަކު ވަނީ އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެއިން އެއްވެސް ފަހަރެއްގައި އެކަންވަނީ ނުވެފައެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ މިހާރުވަނީ ޖިމްސެޓް ބަހައްޓާނެތަންވެސް ކަނޑައެޅި ނިމިފައި ކަމަށެވެ. މިގޮތަށް ބަހައްޓާ ކޮންމެ އައުޓުޑޯ ޖިމެއްގައި މިވަގު ބަހައްޓާނީ ފަސް އައިޓަމެވެ. ސިޓީ ކައުންސިލުން ކުރިން ވިދާޅުވެފައިވަނީ އައްޑޫސިޓީގައި ބަހައްޓައިފައިވާ އައުޓުޑޯ ޖިމްތަކަށް އައިޓަމްތައް އިތުރުކޮށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ޓެގު