English Edition
Dhivehi Edition

ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި މައްސަލާގައި، ގާތިލު އިމްރާން އަލީ މަރަން ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި އިމްރާން ގެ މައްޗަށް ހަތަރު މަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ރޭޕްކޮށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ޒައިނަބުގެ ހަށިގަނޑު ފެނިފައިވަނީ ކުނިގޮނޑެއްގެ ތެރެއިންނެވެ. ޒައިނަބް ރޭޕްކޮށް މަރާލީ އޭނާގެ މަންމަ އާއި ބައްޕަ އުމްރާއަކަށް ގޮސް އުޅެނިކޮށެވެ.

އިމްރާން އޭނާގެ ކުށަށް އިއުތިރާފުވެ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާއަކީ ވަރަށްގިނައިން ޒައިނަބު ދިރިއުޅޭ ގެޔަށް ގޮސް ވަރަށްގިނަ ވަގުތު އެގޭގައި ހޭދަކުރަމުން އައި މީހެކެވެ. ޒައިނަބު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ރެޔަކީ ޒައިނަބު ބޮޑުދައިތަ ގެޔަށް ޤުރުއާން ކިޔަވަންދިޔަ ރެޔެކެވެ. ބޮޑުދައިތަގެޔަށް ޤުރުއާން ކިޔަވަން ދިޔަ އެދުވަހުގެ ރޭ އިމްރާނަށް ޒައިނަބު ފެނުނީ އެކަނިމާއެކަނި މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށް އިމްރާން ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި ރޭޕްކޮށްލުމަށް ފަހު ޒައިނަބު މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ރޭޕްކުރުމަށް ފަހު ޒައިނަބު ދިރިހުއްޓައި ދޫކޮށްނުލައި މަރާލި ސަބަބެއް ކަމަށް ގާތިލް ބުނެފައި ވަނީ އޭނާ ހިންގި އަމަލު ފަޅާއަރައި އޭނާ ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށެވެ. އޭނާ ބުނީ ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރާލުމަށް ފަހު އެތަނުގައި އޮތް ކުނިގޮނޑަށް ޒައިނަބު އެއްލާލާފައި އޭނާ ގެޔަށް ދިޔައީކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް އެތައް ކުދިންނެއް ރޭޕްކޮށްފައި ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.