English Edition
Dhivehi Edition

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ ޕާރްލޭންޑްގެ ހައިސްކޫލަކަށް ބަޑީގެ ހަމަލާދިން މީހާ ކުށަށް އިއުތިރާފު ވެއްޖެއެވެ.

އެ ހަމަލާ ދީފައިވަނީ މާޖޮރީ ސްޓޯންމޭން ޑަގްލަސް ހައިސްކޫލަށެވެ.
އެ ހަމަލާގައި 17 މީހުން މަރާލާފައިވާއިރު ގިނައަދަދެއްގެ މީހުންވަނީ ޒަޚަމް ވެފައެވެ.

މި ދިޔަ ބުދަދުވަހު އެސްކޫލަށް އެހަމަލާ ދީފައިވަނީ އެސްކޫލުގެ އިސް ދަރިވަރެއް ކަމުގައިވާ އުމުރުން 19 އަހަރުގެ ނިކޮލަސް ކްރޫޒް އެވެ.

ހަމަލާ ދިނުމަށްފަހު ސުކޫލުން ފިލައިގެން ދިޔަނަމަވެސް ފުލުހުންވަނީ އޭގެ 40 މިނިޓް ފަހުން އޭނާ ހައްޔަރުކޮށްފައެވެ.

ފޮލޮރިޑާގެ ފުލުހުންވަނީ 17 މީހަކު މެރުމާއި އެތައްބަޔަކު ޒަޚަމް ކޮށްފައިވާ ކަމުގެ ދައުވާ ކްރޫޒްގެ މައްޗަށް ކޮށްފައެވެ.

ކްރޫޒްގެ ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވާގޮތުގައި އެހަމަލާގައި އޭނާ ގެންގުޅުނު ބަޑިއަކީ ގާނޫނީ ހަމަތަކުގެ މަތިން ފޮލޮރިޑާއިން ގަނެފައިވާ ބަޑިއެއް ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން ޑަގްލަސް ހައިސްކޫލްގެ ދަރިވަރުންތަކެއް ބުނެފައިވަނީ ހަމަލާގައި ގިނައަދަދެއްގެ ބަޑިތަކެއް ކުރުޒް ގެންގުޅެފައިވާ ކަމަށެވެ. އެ ހަމަލާއަކީ ދުރާލާ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

ހަމަލާދިން ކަމަށް ކްރުޒް އިއުތިރާފް ވެފައިވާއިރު ފޮލޮރިޑާ ފުލުހުން ދަނީ އެ ހަމަލާއާއި ބެހޭގޮތުން އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.