English Edition
Dhivehi Edition

ރޭ ފަތިހު މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި އެވެ

ފާށަނާކިލެގެ މަގުގައި ބާ އިންޖީނުގެ ކައިރީގައި ހުންނަ މި ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލުމުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯ އިންވަނީ ބުނެފައެވެ. އެ ކުންފުނިން ބުނެފައިވަނީ ކަރަންޓްގެ ހިދުމަތް ކެޑުނު ހިސާބުތަކަށް ކަރަންޓްގެ ހިދުމަތް އަލުން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގެ ތަކަށް އަލުން ކަރަންޓު ދިނުމަށް ހަތަރު ގަޑިއެއްހާއިރު ނަގާނެ ކަމަށެވެ. ސްޓެލްކޯ އިން ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށާއި ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށެވެ

ޑިސްޓްރިބިއުޝަން ފޮށީގައި ރޯވި އަލިފާންގަނޑު ފަތިހު 4:40 ހާއިރު އެމްއެންޑީއެފް ފަޔާ ސާވިސް އިން ނިއްވާލާފައިވާއިރު، އެ ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސްޓެލްކޯގެ ޑިސްޓްރިބިޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ

ޓެގު