English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް” ގެ ފައިނަލުގައި މިކްސް ސިކްސްއާ ފައިނަލުގައި ބައްދަކުކުރާނެ ޓީމަކަށް ޗެމްޕިން ޓީމް ހޮވިއްޖެއެވެ. އެޓީމް ފަނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ މިރޭ ކުޅުނު ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ޓީމް ޕެޓޫއާ ބައްދަލުކޮށް 3-0 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފޭދޫ ވޮލީ ކޯޓުގައި މިރޭ ކުޅުނު މި މެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީމުގެ ޖާޒީ ނަމްބަރު 9 އިބްރާހީމް މޫނިސް އެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަމައެޓީމުގެ ޖާޒީ ނަމްބަރ 8 ރިޝްމާ އިބްރާހީމެވެ. މުބާރާތުގެ ފައިނަލް މެޗުކުޅޭމީ ޖޫން 26 ވަނަދުވަހުގެރޭ 8:30 ގައެވެ. މެޗު ކުޅޭނީ ފޭދޫ ވޮލީ ކޯޓުގައެވެ. މި މުބާރާތަކީ ފޭދޫ ޒުވާނުން އިސްނަގައިގެން މިރޯދަމަހު ބާއްވަމުންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު އެރަށުގައި އާލާކޮށް ދިރުވުމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.